އޯޓިޒަމް
ސުޕެކްޓުރަމް ޑިސްއޯޑަރ(ASD)
ނުވަތަ އާއްމުކޮއް ކިޔާ ގޮތުން ނަމަ އޯޓިޒަމް އަކީ ކުއްޖާ އުފެދެމުން އަންނަ އިރު
ނުވަތަ ހެދި ބޮޑުވަމުން އަންނަ އިރު ސިކުޑީގެ ނާރުތައް އުފެދުމުގައި މެދުވެރިވާ
ހާލަތެއްގެ ސަބަބުން ކުއްޖާގެ މުއާމަލާތް ކުރުމަށާއި، އެހެން މީހުންނާ ގުޅިގެން
އުޅުމަށާއި، އަދި ކުއްޖާގެ ވިސްނުމާއި އުޅުމައް އަންނަ ބަދަލް ތަކެކެވެ.
އޯޓިޒަމްގެ އަސަރު އެކި ކުދިންނައް ކޮއްފަ ހުންނަނީ އެކިވަރަށެވެ. މިގޮތުން
ބަލައިރު ބަސްމޮށުން ތެރިކަމާއި، އެހެންކުދިންނާއި ގުޅިގެން އުޅުމާއި، ކުޅުންފަދަ
ކަންތައްތަކުގައި އުޅުމަކީ މިކުދިންނައް ދަތި އުދަގޫ ކަނތައްތައް ކަން ފާހަގަ
ކުރެވެއެވެ. އަދި މީގެ އިތުރުން ބާރު އަޑުތަކަށާއި، ގަދަ އަލިތަކާއި، ބައެއް
ވައްތަރުގެ ކާނާއާއި އަދި ބައެއްކަހަލަ ފޭރާމުގެ ޓެކުސްޗަރ ތައް ކަމުނުދިއުމަކީ
ވެސް މިކުދިންނައް ދިމާވާ އުދަގޫ ތަކެކެވެ.
އޯޓިޒަމްގެ
އަލާމަތް ތައް އުމުރުން 3 އަހަރު ވުމުގެ ކުރިން ފެންނަން ފަށައެވެ.ފަހުގެ ދިރާސާ
ތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ކޮންމެ 50 ކުދިންގެ ތެރެއިން އެއް
ކުއްޖަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އަދި އެހެންމެ އޯޓިޒަމް ހުންނަ ކުދިންގެ
ތެރެއިން އަންހެން ކުދިންނައްވުރެ 5 ގުނަ ފިރިހެން ކުދިން އިތުރުކަންވެސ މިދިރާސާ
ތަކުން ހާމަވެއެވެ.
އޯޓިޒަމް މެދުވެރިވުމައް ދިމާވާ ސަބަބުތައް ހޯދުމައްޓަކައި ވަރައްގިނަ
ދިރާސާތައް ދުނިޔޭގައި ދަނީ ކުރެވެމުންނެވެ. ނަމަވެސް އޯޓިޒަމް މެދުވެރިވާ އަސްލު
ސީދާ ސަބަބު ސައިންސުވެރިންނައް މިހާތަނައް ހޯދިފައި ނުވެ އެވެ.
އޯޓިޒަމް އައް މަގުފަހިވާކަމައް
އެންމެ ގިނަ މީހުން ބުރަވާ ކަންތައްތައް
އޯޓިޒަމް އައް މަގުފަހިވާ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ.
ވާރުތަވުން: އޯޓިޒަމް އަކީ ވާރުތަވަމުން އަންނަ ޖީން އެއްގެ ސަބަބުން
ދިމާވާކަމެއް ކަމައް ވަރައްގިނަ ދިރާސާތަކުން ދައްކައެވެ. ނަމަވެސް ބައެއް
ހާލަތްތަކުގައި މިހެން ދިމާނުވެވެސް ދެއެވެ.
ކުރިން އޯޓިޒަމް ކުއްޖެއް ލިބިފައި ހުރުން: ކުރިން އޯޓިޒަމް ކުއްޖަކު
ހުރުމަކީ ދެވަނަފަހަރައް އެފަދަ ކުއްޖަކު ލިބުމުގެ ފުރުސަތު އިތުރުވެދާނެ ކަމެއް
ކަމައް ދިރާސާ ތަކުން ދައްކައެވެ.
އޯޓިޒަމް ހުންނަ ކުދިންނައް ކޮއްދެވިދާނެ ބައެއް މުހިއްމު ކަންތައްތައް
އޯޓިޒަމް އަކީ މިހާތހަނައް ފަރުވާއެއް ހޯދިފައިވާ ކަމެއްނޫނެވެ. ނަމަވެސް ކުއްޖާގެ
ޅަފަތުގައި މިކަން ދެނެގަނެވި އޯޓިޒަމް ސުޕެޝަލިސްޓެއް ނުވަތަ ތަމްރީނު ލިބިފައިވާ
ފަރާތެއްގެ އެހީތެރިކަމާއި އެކު މިކަމައް ހާއްސަކުރެވިފައިވާ ތެރަޕީ ތަކެއް
ދޭންފެށުމުން އެހެން މީހުންގެ އެހީތެރި
ކަމާނުލައި އެކަނި އުޅުމައް މިކުދިންނައް
ދަސްވެގެން ދާކަމައް ދިރާސާތަކުން ހާމަވެއެވެ.
އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ ތަފާތުކުއްޖެކެވެ. އެހެން ކަމުން ކޮންމެ
ކުއްޖަކައްވެސް އެކުއްޖަކައް އެކަށީގެންވާ ވަރުގެ ޕޮރޮގުރާމްއެއް ހެދުމައްފަހު
ވަކި ތާވަލެއްގެ ދަށުން މަސައްކތް ކުރުމަކީ މިކުދިންގެ ހުނަރުތައް ތަރައްގީ ކޮއް
ކުރި އެރުވުމައްޓަކައި ކުރުން ވަރައް މުހިއްމު ކަމެކެވެ.
މުޖުތަމައުގައި މިކުދިން ނަކީ ބޭނުން ހިފޭ ބަޔަކައް ހެދުމައްޓަކައި އެހެން
މީހުންނައް ސަމާލުކަން ދިނުމާއި، މީހުންނާ ގުޅިގެން އުޅުމާއި، އިވޭ އަޑުތަކާއި،
ފެންނަ މަންޒަރު ތަކައް ހޭނުމާއި، އަދި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި
ކުރަންޖެހޭ ކަންތައްތައް ދަސްކޮއްދީ މުޖުތަމައުއައް މިކުދިން ނެރެ ދިރި އުޅެން
ދަސްކޮއްދިނުމަކީ ކުރެވި ދާނެ ކަމެއްކަން މިއަދުގެ ދިރާސާތަކުން ކަށަވަރު
ކޮއްދެއެވެ.